ސެޕްޓެމްބަރ 20, 2024 04:23

މަޓާޓޯ ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަނު ކޮށްފި

ފާތިމަތު އިސްރާ
ޖެނުއަރީ 27, 2024

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ.

މި މަގާމަށް އައްޔަނުވުމުގެ ކުރިން ސޫޒަން މީގެ ކުރިން ހުންނެވީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަައެވެ. ސޫޒަނަކީ ރާއްޖޭގެ ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފުރަތަމަ އަންހެން ބޯޑު މެންބަރުކަމުގެ ލަގަބުވެސް ހާސިލުކުރައްވާފައިވާ ފަރާތެއް ކަމަށެވެ. ހަމަމިއާއެކު، ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވްސް އެމްޕްލޯޔާސް (އެފްއެފްއެމްއީ)ގެ އެގްޒެކެޓުވް ބޯޑު މެންބަރުކަންވެސް ސޫޒަން ވަނީ އަދާކުރައްވާފައެވެ.

މަޓާޓޯގެ ސީއީއޯގެ މަގާމަށް ސޫޒަން އައްޔަނު ކުރިކަން ހާމަކުރުމަށް ނެރުނު ބަޔާނުގައި ބުނީ ފިރިހެނުން ޑޮމިނޭޓުކޮށްފައިވާ ދާއިރާއެއްގައި ސޫޒަނަކީ ގިނަ ހުރަސްތަކެއް ގިރާކޮށްފައިވާ ފަރާތެއް ކަމަށާއި މި ދާއިރާގައި އަންހެނުންނަށް ކުރި ހޯދޭނެ ކަމުގެ ނަމޫނާ ދައްކާފައިވާ ކަމަށެވެ.

ޓޫރިޒަމްއަކީ ރާއްޖޭގެ އިގުތިސާދަށް މުހިންމު ސިނާއަތަކަށްވާ އިރު، މި ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އަންހެނުންނަކީ އެންމެ ފަސް ޕަސަންޓު ކަމަށް ފާހަގަކޮށް މަޓާޓޯއިން ބުނީ ޓޫރިޒަމް ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ދެކޭ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy