ސެޕްޓެމްބަރ 20, 2024 09:11

ރައީސް ޑރ. މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ޑރ. މުއިއްޒު އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، އިންޑިއާގެ ރައީސަށާއި ބޮޑު ވަޒީރަށް ފޮނުއްވައިފި

އައިޝަތު އިބްރާހީމް
ޖެނުއަރީ 26, 2024

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މި މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، އެ މަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ.

ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާ ދެމެދު ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް ދާދިފަހުން އިންޑިއާއިން އެ ގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރަމުންދިއުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަނީ ބޮޑު ހީނަރު ކަމެއް އައިސްފައެވެ.

އަދި މިދިޔަ ސަރުކާރުތަކުން އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުނު ނަމަވެސް ވެރިކަން ކުރުމުގައި އެއްވެސް ގައުމަކަށް ބަރޯސާ ނުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒުވަނީ ދާދިފަހުން ޗައިނާއަށް ވަޑައިން ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކޮށް އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.

މިކަމާ ވިދިގެން މި ސަރުކާރުން އިއްޑިއާ އެއްފަރާތްކޮށް ޗައިނާއާ މާ ގާތް ގުޅުމެއް ބަދަހިކުރަން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy