ސެޕްޓެމްބަރ 20, 2024 04:03

މާވަށު ޓީމްގެ ހިތްވަރަކަށް ބަދަލެއްނާދޭ، ދެން ނިކުންނާނީ ގަދަކޮށް!

ފާއިޒާ ޙުސައިން
ޖެނުއަރީ 25, 2024

މިމަހު 21 ވަނަ ދުވަހު ކުޅުނު ލ. މާވަށު ޓީމްގެ ދެވަނަ މެޗުގައި އެއަތޮޅު ގަމު ފުޓްސަލް ޓީމް އަތުން ވަނީ ބަލިވެފައެވެ. ނަމަވެސް މާވަށު ޓީމްގެ ދެވަނަ މެޗަށް ގަމާއި ދެކޮޅަށް ނިކުތްއިރު އެ ޓީމްގެ ފުރަތަމަ މެޗުން ވަނީ މޮޅުވެފައިއެވެ.

ގަމާއި ދެކޮޅަށް ޓީމް ނިކުތްއިރު އެންމެ މުހިންމު އެއްކުޅުންތެރިޔާ ޓީމްގެ އެންމެ ތަޖުރިބާކާރު ފޯވަޑް ހުރީ އިންޖަރީގައިއެވެ.

ގަމާއި ދެކޮޅަށް ނިކުތްއިރު ފުރަތަމަ މެޗުގެ ވަރުބަލިކަން ކުޅުންތެރިންގެ ކިބައިން ފެނިގެންދިޔަކަމަށް ކޯޗް އައްޔަ ފާހަގަކުރައްވާފައިވެއެވެ. ގަމުގެ މެޗުގައި މާވަށު ޓީމް ބަލިވެފައިވަނީ 2-0 ގެ ތަފާތަކުންނެވެ. މެޗްގެ ހުރިހާ ލަނޑުތަކެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައިއެވެ.

ނަމަވެސް ގަމު މެޗުގެ ބައްޔަކީ ކުޅުންތެރިން މާޔޫސްވާންޖެހޭ ވަރުކަމެއްނޫންކަން ތަޖުރިބާކާރު ފޯވަރޑް އައްޔަ ވިދާޅުވެފައިވެެއެވެ.

'' ޓީމް ދެން ނިކުންނާނީ އިރާދަކުރެވިއްޔާ ގަދަކޮށް! ދެންހުރި މެޗްތައް ކާމިޔާބުކުރަން ''. ކޯޗް އައްޔަ ވިދާޅުވިއެވެ.

އެޓީމްގެ މެނޭޖްމަންޓުން ވަނީ ދެވަނަ މެޗުން ބަލިވުމަކީ ކުޅުންތެރިންނަށް ދެން އޮތްމެޗަށް އިތުރުފޯރިއާއިއެކު އައު ހިތްވަރާއިއެކު ތައްޔާރުވާންޖެހޭކަން އިހުސާސްކުރުވި ކަމެއްކަން ފާހަގަކުރެއެވެ.
ދެން މާވަށު ޓީމު ބައްދަލު ކުރަނީ އެ އަތޮޅު ދަނބިދޫ ޓީމާއެވެ. މި މެޗް އޮންނާނީ މާދަން ރޭ 21:00 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy