ދ.އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން ފެނުނު 9 ފޫޓުގެ ދިގުމިން ހުރި ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރ ކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ކިނބިލުގެ ދިގު މިނުގައި 9 ފޫޓް ހުރިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ހާމަކޮށްފައިވެއެވެ.
ޓެގް: ހަބަރު