ސެޕްޓެމްބަރ 20, 2024 07:40

އީސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން /ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ނުލެވޭނެ، ބަލައިގަންނާނީ އޮންލައިންކޮށް!

އައިޝަތު އިބްރާހީމް
ޖެނުއަރީ 23, 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ހުށަހެމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނުލިބޭނެކަމަށާއި، ފޯމު ބަލައިގަންނާނީ އޮންލައިން ކޮށް ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޝަނުގެ މެންބަރު މުހައްމަދު ނަޝާތު ވިދާޅުވީ، ކޮމިޝަނުގެ އަމާޒު ހުރީ ކަރުދާސް ފޯމު ބޭނުންކުރުން ހުއްޓާލަން ކަމަށާއި އެހެންކަމުން މަޖިލީސް އިންތިހާބުގައި ރީ-ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ.

އަދި މަޖިލިސް އިންތިޚާބުގައި ރީ-ރެޖިސްޓްރީ ވާނޭ އަދަދުކަމަށް ބެލެވެނީ 10،000 އާއި 15،000 ދެމެދުގެ އަދަދަށް މީހުން ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

"އަަޅުގަނޑުމެން މި ކަނޑާލަނީ ހަމައެކަނި ޕާޓިތަކުން ގެންނަ ބަލްކް. އެ ފުރުސަތެއް ނުދޭނަން. އެކަމަކު ދަރުބާރު ގޭގައި ނުވަތަ އަޅުގަނޑުމެން ކަނޑައަޅާ ރަށްރަށުގައި ހުންނަ ލޮކޭޝަނަކަށް ފޯނެއް ނެތް މީހެއް ވިޔަސް ފިޒިކަލީ ދިޔައިމަ ރަޖިސްޓާ ވެވޭނެ. އައިޑީ ކާޑު ހިފައިން ދާއިރަށް ވެވޭނެ،" ނަޝާތު ވިދާޅުވިއެެވެ.

ނަޝާތު ވިދާޅުވީ ހަމައެކަނި އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ކުރެވޭ ގޮތަށް ކަނޑައެޅީ ފިޒިކަލްކޮށް ފޯމު ހުށަހެޅުމުގައި ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށްވާތީ އެފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ.

އީ ފާސް ނުވަތަ އިލެކްޝަންގެ ރީރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް އޮންލައިންކޮށް ރީ ރެޖިސްޓާ ކުރެވޭނެކަމަށާއި އީފާސް ނެތް ހާލަތެއްގައި އިލެކްޝަން ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އިންތިހާބުތަކުގައި ސައްހަ ނޫން ފޯމުތައް ހުށަހަޅާކަމަށާއި، ގިނަ ބަޔަކަށް ނޭނގި އެ މީހުން ވޯޓުލާ ފޮށި ބަދަލުވަމުން އަންނަ ކަމުގެ ޝަކުވާތައް ވެސް ވަނީ ކުރިމަތިވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy