ސެޕްޓެމްބަރ 20, 2024 11:56

މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ މިންވަރު ކަނޑައަޅަން ނިންމައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 23, 2024

މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ މިންވަރު ކުރިޔަށް އޮތް 6 މަސް ތެރޭގައި ކަނޑައަޅާނެ ކަމުގައި މާލޭގެ އައު މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަމުގެ ގާނޫނީ ހުވާ ރޭ ކުރެއްވުމަށްފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަ ހައްކުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މާލޭގެ ވެހިކަލް ޕޮޕިއުލޭޝަންއެއް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމުގައެވެ.

އަޅުގަނޑު ވިސްނާފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން، އެ އަދަދު ކަނޑައަޅަންޖެހޭ، ކުރިއަށް އޮތް ހަ މަސް ތެރޭގައި އަޅުގަނޑު އެކަން ކުރާނަން، ޓްރާންސްޕޯޓް މިނިސްޓަރާ ވެސް ވާހަކަ ދައްކާފައި ވާޏީ އެކަމުގައި. މިނިސްޓަރު ވިދާޅުވި އަޅުގަނޑާއެކު މި މަސައްކަތް ކޮށްދެއްވާނެ ކަމަށް.މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy