ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން ރޭ ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މިލަންދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭ 10:23 ގައި ކަމަށެވެ.
ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެ މީހުން ވެސް ފެނިފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މީހުން ނަގާފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރި ކަންނެލި ދޯންޏަކުން ކަމުގެ އުލޫމާތު ރޭ 00:21 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައެވެ.
ޓެގް: ަހަބަރު