ސެޕްޓެމްބަރ 20, 2024 04:03

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝުއައިބް މަލިކް ތިންވަނަ ކައިވެންޏެއް ކޮށްފި!

ފާއިޒާ ޙުސައިން
ޖެނުއަރީ 22, 2024
ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ޝުއައިބް މަލިކް ތިންވަނަ ފަހަރަށް ކައިވެންޏެއް ކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައިވެނި ހަފްލާއެއްގައި ޝުއައިބު ކައިވެނި ކޮށްފައިވަނީ ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ ސަނާ ޖާވިދުއާ އެވެ.
ޝުއައިބުއާއި ސަނާ ވެސް އެ މީހުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ޔަގީން ކޮށްދީފައިވާއިރު އެކަމަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.
މީގެ ކުރިން ޝުއައިބު ވަނީ ދެ ކައިވެންޏެއް ކޮށްފަ އެވެ. އެގޮތުން 2002 ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ކައިވެނިކުރީ އަޔޭޝާ ސިއްދީގީއާ އެވެ. އެކައިވެނި ރޫޅުނީ 2010 ވަނަ އަހަރު އެވެ.
ހަމަ އެ އަހަރު އޭނާ ވަނީ އިންޑިއާގެ ކުރީގެ ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާއާ ކައިވެނިކޮށްފަ އެވެ.
އެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. ޝުއައިބްއާއި ސަނާގެ ކައިވެނީގެ ހަބަރު ފެތުރުމާއެކު ސާނިއާގެ ބައްޕަ އިމްރާން މިރްޒާ ވަނީ އޭނާގެ ދަރިފުޅު ޝުއައިބްގެ ކިބައިން ވަރިއަށް އެދިފައިވާކަން ހާމަކޮށްފަ އެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy