ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" މީޑިއާނެޓުން ބަލާލެވޭނެ ގޮތް ހަމަޖެހިއްޖެއެެވެ.
އެގޮތުން އެ ފިލްމުގެ ޓެލެވިޒަން ޕްރިމިއާ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 07:30ގައި މީޑިއާނެޓްގެ ޗެނަލް 851، ޒީ ސިނަަމާ އެޗްޑީއިން ދުރަށް ދައްކާނެކަމަށްވެއެވެ.
ޝާހްރުކް ޚާންގެ އިތުރުން ނަޔަންތުރާއާއި ދީޕިކާ ޕަދުކޯން މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމަށް ސިނަމާތަކުގައި ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
އޭގެ އިތުރުން ދާދި ފަހުން އިއުލާން ކުރެވުނު ފިލްމްފެއާ އެވޯޑްސް 2024ގެ ނޮމިނޭޝަންތަކުގައި ވެސް ގިނަ ކެޓަގަރީތަކަކުން އެ ފިލުމު ވާދަކުރެ އެވެ.
މިދިޔަ އަހަރު ނުކުތް ޝާހްރުކް ޚާންގެ ތިން ފިލްމުގެ ތެރެއިން އެންމެ ފުރަތަމަ ފިލްމު ކަމަށްވާ "ޕަތާން" ވެސް ވަނީ މީގެ ކުރިން މީޑިއާނެޓުން ދައްކާފަ އެވެ.
ޓެގް: މުނިފޫހި