މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި އަވަސް ލުއިފަސޭހަ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އިމިގުރޭޝަނުން ބުނީ މިއަދުން ފެށިގެން މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އެ ފަރާތްތަކުން ބޭނުންނަމަ އިމިގުރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މެޑިކަލް އިމަޖެންސީގައި ޕާސްޕޯޓް ބޭނުންވާ ފަރާތްތަކަށް ކޮންމެ ވަގުތަކު އެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި މިފަދަ ފަރާތްތަކުގެ ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް ވެސް ބުންޏެވެ.
ޓެގް: އިމިގްރޭޝަން