ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ފައިޞަލް އެޕާޓީން ވަކިވުމަށް ސިޓީ ފޮނުވާފައިވާކަން ޖޭޕީން ވަނީ ކަށަވަރު ކޮށްދީފައެވެ.
2018 އަހަރުގެ ނޮވެމްބަރ 17 ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވައި ކުރެއްވި ފައިޞަލް އެ މަގާމަށް ވަޑައިގެންނެވީ
ޖޭޕީގެ ޓިކެޓެއްގައެވެ.
ނައިބުރައީސް ކަމުގައި ގިނަ ބައެއްގެ ތާއީދު ހޯއްދެވި ފައިޞަލް މީގެކުރިންވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ.
ފައިޞަލް ޖޭޕީއިން ވަކިވެވަޑައިގެންފައި މިވަނީ 16 އަހަރު އެ ޕާޓީގައި ޚިދުމަތް ކުރައްވައިފައެވެ.