ސެޕްޓެމްބަރ 20, 2024 04:13

އެސްޓީއޯ ފިއުލްފާމް، ފުނަދޫއިން މާގިރިފަޅަށް ބަދަލުކުރަން ނިންމައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 21, 2024

މާލެ އަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާން ކޮށްފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ އަދާހަމަ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމެވެ.

އެގޮތުން ނާޒިމް ވިދާޅުވީ މާލެއަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާރމް އެހެންތަނަކަށް ބަދަލު ކުރުމާ ގުޅޭގޮތުން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ހުށަހަޅާފައިވާ ގޮތްތަކެއް ނިންމުމަށް، އިކޮނޮމިކް ކައުންސިލުން މަޝްވަރާ ކޮށްފައިވާ ކަމަށާއި މަޝްވަރާގައި ނިންމާފައި ވަނީ އެ ފިއުލް ފާމް ފުނަދޫއިން ބަދަލުކުރުމަށް ކަމަށެވެ.

އެސްޓީއޯއިން ހިންގަމުން އަންނަ ތެޔޮ ފާމް ފުނަދޫން ބަދަލު ކުރަން ނިންމާފައިވަނީ އެރަށުގައި ސްޕެޝަލް އިކޮނޮމިކް ޒޯންއެއް ހަދަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ ފިއުލް ފާމް، ކ. މާގިރިފަޅަށް ބަދަލުކުރުމަށެވެ.

"އަބަދުވެސް ދެކެވޭ ވާހަކައެއް އެތަނަކީ ފިއުލްފާމެއް ހުރުން އެންމެ ރަނގަޅު ތަން ނޫންކަމަށާއި އެއަށްވުރެ މާ އިކޮނޮމިކް ތަނެއްގެ ގޮތުގައި އެތަނުން މަންފާ ނުވަތަ ނަފާ ދިވެހި ރައްޔިތުންނަށް ލިބޭނެ ތަނެއްގެ ގޮތުގައި އެތަން ބޭނުން ކުރެވިދާނެތީ ކަމަށްވެސް ވިދާޅުވިއެވެ. މައިގަނޑު ގޮތެއްގައި އެއާޕޯޓް އެކްސްޕެންޝަން ޕްރޮޖެކްޓުގައި ފުނަދޫ ހިމެނޭތީ،" ނާޒިމް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy