ސެޕްޓެމްބަރ 20, 2024 04:14

އުޅުމާއި އަމަލުތަކުގެ ސަބަބުން މީހާގެ އީމާންތެރިކަން ބަލިކަށިވެގެންދޭ: ހުތުބާ

ފާތިމަތު އިސްރާ
ޖެނުއަރީ 19, 2024

އީމާން ކަމަކީ އިސްލާމް ދީނުގެ އަސާސްކަމަށާއި، އިންސާނާގެ ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚްރަވީ ހަޔާތުގެ ބާއްޖަވެރިކަންވެސް ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"އީމާންކަން ހަރުދަނާ ކުރުން" މިމައުޞޫއަށް ޚާއްސަކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ މާއްދިއްޔަތުގެ ތެރެއަށް ގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ، ނުބައިމަގުން ދެވުމަކީ ވަރަށް ކައިރިކަމެއް ކަމުގައެވެ.

އަދި ޚުޡުބާގައި ވިދާޅުވީ މީހާގެ އުޅުމާއި ޢަމަލުތަކުގެ ސަބަބުން އީމާންކަން ބަލިކަށިވެގެން ދާކަމުގައެވެ.

މުސްލިމް އަޚުންނޭވެ! އީމާންކަމަކީ ހިތުގައި ސާބިތުވެފައިވާ ވަރުގަދަ އަގީދާއެކެވެ. އެއީ ތިމާ ތެދުކޮށް ކަށަވަރުކޮށްފައިވާ ކަށަވަރު ކުރުމެކެވެ. އިސްލާމް ދީނުގެ ބިންގާކަމުގައި ވެފައިވަނީ މިދެންނެވި ތެދު ކުރުމެވެ. އެކަން ފުރިހަމަ ގޮތުގައި ޙާސިލް ވާނީ ހިތުގެ ސާބިތުކަމާއެކު، ވިސްނުން ފުރިހަމަ ގޮތުގައި ހަރުދަނާ ކޮށްގެންނެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވިއެވެ.

ޚުޡުބާގައި ވިދާޅުވީ މުޖުތަމަޢު އިސްލާހުކޮށް، މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި، ފާހިޝް އަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ އީމާންކަމުގެ އަގީދާ ވަރުގަދަކޮށް، އައިބުގައިވާ އެންމެހާ ކަންތައްތަކައް ފުރިހަމަ މާނާގައި އީމާން ވެގެން ކަމުގައެވެ.

ގައުމުގެ ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ފުރިހަމަޔަށް ތަންފީޒުކޮށް، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތައް މިއަދު ރާވަން ޖެހެއެވެ. އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނެ ގޮތްތައް ވިސްނަން ޖެހެއެވެ.

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވީ އިސްލާމީ އުއްމަތް ބިނާކޮށް ތަރައްގީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށް ވީހިނދު، ގައުމުގެ ޒުވާނުން އެކަންކަމުގައި އިސް ނަގަން ޖެހޭ ކަމުގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy