ކ. ވެލައްސަރު ރިސޯޓް ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު ހެނދުނު 09:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މަރުވެފައި އޮށްވާ ފެނުނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޓެގް: މޯލްޑިވެސް ޕޮލިސް ސާވިސް