ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޯވިޑް 19އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާ ވެއްޖެއެވެ.
ނިޔާވި މީހާ އަކީ ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތު އަދި ސާފު ވެފައެއް ނުވެއެވެ.
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑުގެ އާ ވޭރިއަންޓެއް ރާއްޖޭގައި ފެތުރެމުން ދާތީ އެކަމަށް ސަމާލުވެ ރައްކާތެރި ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ ޑިސެމްބަރު މަހު ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑްގެ އާ ވޭރިއަންޓެއް ކަމަށްވާ JN.1 ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކުން ފެނިވައިވާ ކަމަށާއި، މި ބަލި ފެތުރުން އިތުރު ވެފައިވާ ކަމަށެވެ.