ސެޕްޓެމްބަރ 20, 2024 04:13

ގޯލްޑަން ފުޓްސަލް މުބާރާތުގައި މާވަށު ޓީމަށް ފުރަތަމަ މެޗުން މޮޅެއް!

ފާއިޒާ ޙުސައިން
ޖެނުއަރީ 18, 2024

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިޔަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މާވަށު ފްޓްސަލް ޓީމުގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

މާވަށު ޓީމު ކުޅުނު ފުރަތަމަ މެޗްގައި ރޭ ބައްދަލުކުރީ އެ އަތޮޅު ކަޅައިދޫ ފުޓްސަލް ޓީމާއެވެ. ރޭ 11 ޖެހިއިރު ކުޅުނު މި މެޗްގައި މި ދެޓީމުން ވެސް ވަރުގަދަ ވާން ހުރި މޮޅު ކުޅުމެއް ކުޅެފައިވެއެވެ.

އެގޮތުން މިމެޗުގައި މޮޅަށް ކުޅެ ވަގުތު ހަމަވައިރު 3 ލަނޑު 2 ލަނޑުން މެޗް ކާމިޔާބު ކުރީ މާވަށު ފުޓްސަލް ޓީމެވެ. މި މެޗުގައި މާވަށު ޓީމުން ގޯލު ޖެހި އަޒްހާނަކީ މި މުބާރާތް މުޅިން އަލަށް ކުޅެންފެށި ކުޅުންތެރިއެކެވެ. އަޒްހާން ގެ އިތުރުން ދެން ލަނޑުޖަހައިފައިވަނީ މި މެޗުގައި މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝާޢިރުއެވެ.

ޝާޢިރު އަކީ މި ޓީމްގެ ހިމެނޭ އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާހުރި ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އެނާ އަކީ މިހާތަނަށް މާވަށުގައި އުފެދުނު އެންމެ ވަރުގަދަ ފޯވާޑެވެ. ޝާޢިރުގެ 2 ލަނޑާއިއެކު މިވަގުތު މޮޅަކާއިއެކު މާވަށު ޓީމުންވަނީ ހަމަޖެހިލާފައެވެ.

ލ. މާވަށު ޓީމްގެ ކޯޗް :ރާއްޖޭގެ ކުރީގެ މަޝްހޫރު ފޯވާޑް އަލީ ޝިޔާމް (ހުރާ އައްޔަ)

މިފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި މާވަށުޓީމުގައި 2 ކުޅުންތެރިޔަކު ފިޔަވައި ދެންތިބީ ވަރަށްވެސް ޒުވާން ހިތްވަރުގަދަ ކުޅުންތެރިންތަކެއްކަން ރޭގެ މެޗުން ވަނީ ހާމަކޮށްދީފައެވެ.

މިފަހަރުގެ މި މުބާރާގައި މާވަށު ޓީމުގެ ކޯޗަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފޯވާޑް އަލީ ޝިޔާމް (ހުރާ އައްޔަ)އެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy