ސެޕްޓެމްބަރ 20, 2024 08:43

ތިނަދޫ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވި ނިއްވާލައިފި

ފާތިމަތު އިސްރާ
ޖެނުއަރީ 17, 2024

ގދ. ތިނަދޫ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ތިން ގަޑިއިރަށްވުރެ ގިނަ އިރު ފަހުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ، ތިނަދޫ ކުނިގޮނޑުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ގޮސްފައިވާ ކަަމަށެވެ.

އަދި މި ހާދިސާގެ މައުލޫމާތު ލިިބިފައި ވަނީ މިރޭ 18:47 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ފަހުން ވިދާޅުވިގޮތުގައި ތިނަދޫ ފަޔަރ ސްޓޭޝަނުން އެރަށު ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލެވުނީ މިރޭ 22:20 ހާއިރެވެ.

މީގެ ހަ ދުވަސް ކުރިން ޅ. ނައިފަރު ކުނިގޮނޑުގައި ރޯވެގެންވެސް ސިފައިން ހަރަކާތްތެރިވެފައި ވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy