ސެޕްޓެމްބަރ 20, 2024 09:01

ޓެޓޫ ޖެހުން އިސްލާމް ދީނުގައި ހަރާމް- ފަތުވާ މަޖިލިސް

ފާއިޒާ ޙުސައިން
ޖެނުއަރީ 14, 2024

ހަށިގަނޑުގެ އެތަން މިތަނުގައި ޓެޓޫގެ ގޮތުގައި ލިޔުންތަކާއި، ދޫންޏާއި ހަޔަވާނުތަކުގެ ސޫރައާތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުހެ ނިޝާން ކުރަހާފައި ބެހެއްޓުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން  ފަތުވާ މަޖިލީސް އިން 2019ގައި ނެރުނު ހުކުމެއް މިއަދު ފަތުވާ މަޖިލިހުން ވަނީ އެކްސްގައި ޕޯސްޓު ކޮށްފައެވެ.

މި ހުކުމްގައި ބުނެފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމުގައެވެ.

އެއީ، މިކަމަކީ، މާތްﷲ ހައްދަވާފައިވާ މަހްލޫގެއްގެ، ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީއެވެ.އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމު ކުރު ހުކުމްގައި ވިދާޅުވެފައި ވެއެވެ.

އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy