ސެޕްޓެމްބަރ 20, 2024 09:02

އުތުރުތިލަފަޅު: ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް ހައްދަނީ/ ފޮޓޯ: އަދަދު

އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ހާއްސަ މަޝްރޫއެއް: މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗާ އެސްޓޭބްލިޝްމެންޓެއް!

އައިޝަތު އިބްރާހީމް
ޖެނުއަރީ 14, 2024

މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗާ އެސްޓޭބްލިޝްމެންޓެއް ގާއިމުކުރުމަށް އުތުރުތިލަފަޅުގައި ދަނޑުވެރިކަމަށް ހާއްސަ މަޝްރޫއެއް ކުރިއަށްގެންދަން ޗައިނާއާއި އެކު މަޝްވަރާކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އުތުރުތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށް، މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ވާ ވަރަށް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭ ވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް ގާއިމު ކުރުމުގެ މަޝްވަރާ ކުރެވިގެން ދިޔަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުން ވަކި ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ތުރުކީވިލާތުން އެތަކެތި ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޖެނުއަރީ 7، އިން 12، އަށް ރައީސް ކުރެއްވި މި ފުރަމާނަ ދަތުރުފުޅުގައި ވަނީ ޗައިނާއާ އެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy