ސެޕްޓެމްބަރ 20, 2024 08:49

މާލޭގެ މޭޔަރ ކަމުގެ އިންތިހާބު: މިހާތަނަށް ގުނި ވޯޓުން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އާޒިމް

ފާތިމަތު އިސްރާ
ޖެނުއަރީ 13, 2024

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަންގައި މިހާތަނަށް ގުނުނު ވޯޓުން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފި އެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު ފޮށިތަކުން އާޒިމް ވަނީ 2،395 ވޯޓު ކާމިޔާބުކުރައްވައިފަ އެވެ.

މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާ މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން:

  • ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރު: 1،485 ވޯޓް
  • ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހު: 724 ވޯޓު
  • ޕީއެންއެފްގެ ކެންޑިޑޭޓު ހުސައިން ވަހީދު: 570 ވޯޓު
  • އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީ: 28 ވޯޓު

މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ ކަމަށްވާ، ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުންވެސް މިއަދު ކުރިއަށް ދިޔައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy