ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 30،410 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު، ޑިސެންބަރު މަހު 31،225 ވޭދަނަ ރިޕޯޓްކޮށްފައި ވެއެވެ.
ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ޑިސެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު މައްޗަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާ ތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަަމށް ބުނެފައި ވެއެވެ.
އިންފްލުއެންޒާއަށް ބަލާއިރު، ޑިސެމްބަރު މަހު އެ ބައްޔަށް 24 މީހަކު ވަނީ ފައްސިވެފައެވެ. އަދި މި އަހަރުގެ މިހާތަނަށް 2،380 މީހަކު ޓެސްޓު ކުރިއިރު، 413 މީހަކު ވަނީ ފައްސިވެފައެވެ.
ޑިސެމްބަރު މަހު ބޭރަށް ހިންގުން ދަށްވެފައިވާއިރު ޑެންގީ ހުންވެސް ވަނީ އޭގެ ކުރީ މަހާ އަޅާކިޔާއިރު ދަށްވެފައެވެ.