ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފިއެވެ.
އަންނަ އާދީއްތަ ދުވަހު 4.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވާއިރު ޓީ-ބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެކެވެ.
މި ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނި ތަކުންނެވެ.
އެގޮތުން ވިއްކާ ޓީ-ބިލްތަކަކީ:
- 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 2.2 ބިލިއަން ރުފިޔާގެ ޓީ-ބިލް
- 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 263.4 މިލިއަން ރުފިޔާގެ ޓީ-ބިލް
- 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 69 މިލިއަން ރުފިޔާގެ ޓީ-ބިލް
- 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.7 ބިިލިއަން ރުފިޔާގެ ޓީ-ބިލް