ޤައުމީ ވޮލީބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ވެމްކޯގެ އައިޝަތު މާޖިދާ ހޯދައިފިއެވެ.
މާޖިދާ ވަނީ މި ނިމުނު ޑިސެމްބަރުމަހު ނިމުނު އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. އަދި ދެ މުބާާރާތުގައިވެސް މާޖިދާ ވަނީ ވެމްކޯއާއެކު ޗެމްޕިއަންކަން ހޯދާފައެވެ.
މާޖިދާ އކީ އެސޯސިއޭޝަން ކަޕްގެ ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރވެސްމެއެެވެ.
ދެ މުބާރާތުގައިވެސް މާޖިދާ ވަނީ އެއް ފެންވަރެއްގައި މޮޅަށް ކުޅެ, ވެމްކޯ އަށް ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޓީމްގެ ކެޕްޓަނަށް ނުވިޔަސް ޓީމް ލީޑް ކުރުމުގައިވެސް މާޖިދާގެ ލީޑަރޝިޕް ދެމުބާރާތުންވެސް ފެނުނެވެ.