ސެޕްޓެމްބަރ 20, 2024 10:45

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ސަތޭކަ މިލިއަން ރުފިޔާ މާދަމާ ހަވާލުކުރަނީ

ފާތިމަތު އިސްރާ
ޖެނުއަރީ 9, 2024

މިފްކޯ އިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ، މަދަމާ ހަވާލުކުރާނެ ކަމަށްބުނެފިއެވެ.

މިފްކޯއިން މިކަން ހާމަކުރީ މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިފްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ މަސްވެރިން އެ ކުންފުންޏަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

"މި ފުރުސަތުގައި މަސްވެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މިފްކޯއިން ބުންޏެވެ.

އާ ސަރުކާރު ހަވާލުވީއިރު މަސްވެރިންނަށް 200 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށް މިދިޔަ ޑިސެމްބަރު މަސްތެރޭ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

މިިިދިޔަ އަހަރު ނިމުނުއިރު، ބެކްލޮގްގެ ތެރެއިން މިހާރު މަސްވެރިންނަށް ނުދެވި ހުރީ 140 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް މިމަހު 10 ގެ ކުރިން ދިނުމުގެ މަސައްކަތް ކުރަމުންދާ އަންނަ ކަމަށް ވެސް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު މިނިސްޓަރު ޝިޔާމް ވަނީ މީޑިއާއަށް ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy