ސެޕްޓެމްބަރ 20, 2024 10:55

ދަނބިދޫ ސުކޫލުގެ ބެލެނިވެރިން ކުރި އިހުތިޖާޖުގެ ތެރެއިން /ފޮޓޯ: ދަނބިދޫ ކައުންސިލް

ޓީޗަރުން ހަމަނުވެ ކިޔެވުން ފެށުމާ ގުޅިގެން ދަނބިދޫ ސުކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރަނީ

އައިޝަތު އިބްރާހީމް
ޖެނުއަރީ 9, 2024

ލ. ދަނބިދޫ ސްކޫލްގެ ޓީޗަރުން ހަމަނުވުމުގެ އިތުރުން ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން އެ ރަށު ސްކޫލުގެ ބެލެނެވެރިން ނިކުމެ ސްކޫލު ބަންދުކޮށް އިހްތިޖާޖުކުރަން ފަށައިފިއެވެ.

ދަނބިދޫ ކައުންސިލުން ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވީ ބެލެނިވެރިން މިހާރުވެސް އިހުތިޖާޖު ކުރަމުންދާ ކަމަށާއި އިހުތިޖާޖު ކުރަމުން ދަނީ އެ ސްކޫލުގެ ޓީޗަރުން ހަމަނުވުމާއި ސްކޫލު އިމާރާތް ބާވެ، ގިނަ މަރާމާތުތަކަކަށް ބޭނުންވެފައިވާތީ ކަމަށެވެ.

"ސްކޫލަށް ޓީޗަރުން ހަމަނުވާތާ 5 އަހަރު ވެއްޖެ. މިދިޔަ އަހަރު އެއްކޮށްވެސް ކިޔަވައިދިނީ ހިސާބު ޓީޗަރަކު ނެތި. މިހާރުވެސް ދެ ޓީޗަރުން މަދު،" އޭނާ ވިދާޅުވިއެވެ.

ދަނބިދޫ ސްކޫލުގައި ހުރި މައްސަލަތަކާއެކު ސްކޫލުގެ ޕްރިންސިޕަލާ މެދު ހިތްހަމަނުޖެހިގެން ބެލެނެވެރިން ވަނީ ޕްރިންސިޕަލްގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.

އިހުތިޖާޖާ ގުޅިގެން މިއަދު އެރަށު ސްކޫލުގައި ކިޔަވައިދިނުން ކުރިއަށް ނުގެންދާ އިރު، މާދަމާވެސް އިހުތިޖާޖު ކުރުމަށް ބެލެނިވެރިން ރާވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy