ސެޕްޓެމްބަރ 20, 2024 11:55

ރައީސް ޑރ މުއިއްޒު، މާލޭގެ ރައްޔިތުންނަށް ދައްކަވާފަ ހުރީ މާލެ ތަރައްގީ ކުރެއްވޭ ވަރުގެ ކެންޑިޑޭޓެއް: ނާއިބު ރައީސް

ފާތިމަތު އިސްރާ
ޖެނުއަރީ 9, 2024

ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނަށް ދައްކަވާފަ ހުރީ މާލެ ތަރައްގީ ކުރެއްވޭ ވަރުގެ ކެންޑީޑޭޓެއް ކަމުގައި ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިހެން ވިދާޅުވީ ގަލޮޅުގައި ރޭ ބޭއްވި، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އާޒިމާ ޝަކޫރުގެ ކެމްޕޭންގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ދައްކަވާފަ ހުރީ މާލެ ތަރައްގީ ކުރެއްވޭ ވަރުގެ ކެންޑީޑޭޓެއް ކަމުގައެވެ.

"މިއަދުގެ ރައީސުލްޖުމުހޫރިއްޔާގެ ފަހަތްޕުޅުގަ މާލޭގެ މޭޔަރަކަށް އެކަމަނާ ހުންނަވައިފި ކަމުގައިވާނަމަ ޝައްކެއްވެސް ނެތް މިމާލޭގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީއާއި ކުރިމަތިލާން ޖެހޭނެ. މާލޭ ސިޓީއަކީ އަމާންތަނަކަށް ވުމާއި މާލޭ ސިޓީއަކީ ރައްޔިތުންނަށް ދިއުޅެވޭނެފަދަ ތަނަކަށް ރައީސުލްޖުމުހޫރިއްޔާއާއި މާލޭ ސިޓީގެ މޭޔަރު ހައްދަވާ ދެއްވާނެކަމީ އަޅުގަޑުމެންނަށް ޝައްކެއް އޮތްކަމެއް ނޫން." ނާއިބު ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ އެވިސްނުމާއި ފިކުރު ރައީސް މުއިއްޒުގެވެސް އެބަ ހުރިކަމަށާއި، އަދި ހަމަ އެވިސްނުން ޕީއެންސީގެ މޭޔަރ ކެނޑިޑޭޓް އާޒިމާ ޝަކުރުގެ ކިބައިގައިވެސް އެބަހުރި ކަމުގައެވެ.

ނާއިބު ރައީސް ވިދާޅުވީ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކު ހޮވައިފިނަމަ މޭޔަރު މަސައްކަތް ކުރާނީ އަމިއްލަ ވިސްނުމެއްގައި ކަމަށާއި، އެފުރުސަތު އެހެން ޕާޓީތަކަށް ދީގެން ނުވާނެ ކަމުގައެވެ.

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު އިންތިޚާބު ކޮށްދީފިނަމަ މާލޭ ސިޓީގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީ ގެނެސްދެއްވާނެކަމަށްވެސް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy