އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އާސެނަލް ބަލިކޮށް މުބާރާތުގެ ހަތަރު ވަނަ ބުރަށް ލިވަރޕޫލް ދަތުރުކޮށްފިއެވެ.
މި މެޗު ކުޅުނީ އާސެނަލްގެ އެމެރިޓޭސް ދަނޑުގައެވެ.
މެޗުގެ ފުރަތަމަ ހާފްގައި އާސެނަލް މުޅިމެޗް ކޮންޓްރޯލް ކުރި ނަމަވެސް ހޯދައިދިން ފުރުސަތުތައް ގިނަކަމާއެކުވެސް އެއްވެސް ލަނޑެއް ޖެހޭ ގޮތް ނުވެ ލިވަރޕޫލް ވަނީ މެޗުގައި ކުރިއަށް އަރާފައެވެ. ވަރަށް މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ އާއި އެންޑީ ރޮބަޓްސަން، މިސްރުގެ ފޯވާޑް މުހައްމަދު ސަލާހާއި ވާޖިލް ވެން ޑައިކް އާއި ޑޮމިނިކް ސޮބޯސްލާ ނެތި ކުޅުނު މެޗުން ލިވަޕޫލް އާސެނަލް ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރުމަކީ ބޮޑުކާމިޔާބީއެކެވެ.
އނގިރޭސި އެފްއޭ ކަޕްގެ މެޗްތަކުގެ ނަތީޖާތަކަށް ބަލާލާއިރު ރޭގައި ލިވަރޕޫލް އާސެނަލް ބަލިކޮށް ހަތަރުވަނަ ބުރަށް މި ދިޔައީ1-0 އަކުންނެވެ.
ރޭގައި މެންޗެސްޓާ ސިޓީން 5-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށްފައެެވެ. އެހެނިހެން މެޗްތަކަށް ބަލާލާއިރު:
- ލޫޓަން އާއި ބޯލްޓަން 0-0 އިން އެއްވަރު
- ނޮޓިންހަމް ފޮރެސްޓް / ބްލެކްޕޫލާ އެކުގައި ކުޅެ 2-2 އިން އެއްވަރު
- ވެސްޓް ހޭމް ޔުނައިޓެޑް އާއި ބްރިސްޓޯލް ސިޓީ 1-1 އިން އެއްވަރު
އެއްވަރު ވި މެޗުގެ ރީޕްލޭއެއް ފަހުގެ ތާރީހެއްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.