ސެޕްޓެމްބަރ 20, 2024 08:58

ފޮޓޯ: ޕީއެސްއެމް

ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ހިދުމަތަށް 24/7 ހިދުމަތްލިބޭނޭ ހެލްޕްލައިނެއް ގާއިމުކުރަނީ

ފާތިމަތު އިސްރާ
ޖެނުއަރީ 8, 2024

ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް ސައުވީސް ގަޑިއިރުގެ ހިދުމަތް ލިބޭނޭ ހެލްޕްލައިނެއް ގާއިމު ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމުގެ މައްސަލައަކީ މުޖުތަމައުގައި ހާއްސަަ ފަރުވާއެއް ހާއްސަ ސަމާލުކަމެއް އަދި ހާއްސަ އަޅާލުމެއް ދޭން ޖެހިފައިވާ އަދި އެއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ކަމެއް ދީފައިވާ ސިޔާސަތަކަށް ވުމާއެކު ސައުވީސްގަޑިއިރުގެ ހިދުމަތް ދޭނެ ހެލްޕްލައިނެއް ގާއިމު ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ހެލްތުން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ނިންމަވާފައިވަނީ މިކަމަށް ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.

އެގޮތުން މި ހެލްޕްލައިނަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ގާއިމުކޮށްފައިވާ ފެންވަރަށް، ސަލާމަތީ ހުރިހާ ޚިދުމަތްތަކެއް އެއް ނަންބަރަކުން ލިބިދޭ ގޮތަށް ކަނޑައެޅުމާއި، ރައްޔިތުންނަށް ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައި ގުޅޭނެ ހެލްޕް ލައިނެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ހަމަޖައްސާފައިވާތީ ބަދަލުތައް ގެނެސް، އަލުން ވަޒީރުންގެ މަޖީލީހަށް ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައި ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy