ސެޕްޓެމްބަރ 20, 2024 09:00

ވެލެންސިޔާގެ ޗެއާމަން ކަމާ އަޒްމީން ހަވާލުވެއްޖެ

ފާތިމަތު އިސްރާ
ޑިސެމްބަރ 26, 2023

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން، ކްލަބް ވެލެންސިޔާގެ ޗެއާމަންކަމުގެ މަގާމާ ހަވާލުވެއްޖެއެވެ.

ރައީސް އޮފީހުގެ މީޑިޔާ ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަޒްމީން ސްކޫލް ދައުރުން ފެށިގެންވެސް ފާހަގަ ވެފައި ވަނީ ވެލެންސިޔާގެ ވަރުގަދަ ސަޕޯޓަރެއްގެ ގޮތުގައެވެ.

ނޫސްވެރިކަމުގެ ގައުމީ އިނާމްވެސް ހާސިލް ކުރައްވާފައިވާ އަޒްމީން، ވެލެންސިޔާގެ ޗެއާމަންކަމާ ހަވާލުވިއިރު އެކްލަބް އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. ފުރަތަމަ ޑިވިޜަނުގައި އޮތްނަމަވެސް ގިނަ މެޗުތައް ފާއިތުވެދިޔަ ދެއަހަރު ކުޅެފައި ވަނީ ޔޫތު ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ބޭނުން ކޮށްގެންކަން ފާހަގަ ކޮށްލެވެއެވެ.

އަޒްމީން ގެންދަވަނީ ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ ދެރަ ހާލަތުން، ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ފާހަގަ ކޮށްލެވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy