ސެޕްޓެމްބަރ 20, 2024 14:29

ސީޕްލޭންގެ ދަތުރުތައް ބ. ފުޅަދުއަށް މިއަދު ވަނީ ފަށާފައި /ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަނުން ބ. ފުޅަދުއަށް ސީޕްލޭންގެ ހިދުމަތްތައް ފަށައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 24, 2023

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދުއަށް ފަށައިފިއެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މިއަދުން ފެށިގެން ކޮންމެ ހަފުތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު ފުޅަދުއަށް ސީޕްލޭން ދަތުރުތައް ޝެޑިއުލް ކުރާނެއެވެ.

މޯލްޑިވިއަންއިން ބުނީ އެ ދަތުރުތަކާއެކު ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ ބަލާލަން ފަތުރުވެރިންނަށް އަގުހެޔޮ، ފަސޭހަ އަދި ތަފާތު ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އިއްޔެ ވިދާޅުވީ ފުޅަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ އުފާކުރާ ކަމެއް ކަމަށާއި އެ އިސްނެގުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިތުރު މީހުން އެ މަންޒިލުތަކަށް ޒިޔާރަތްކުރުމަށް ޝައުގުވެރިކަން އުފެއްދުމަށް މޯލްޑިވިއަނުން ގެންގުޅޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"ސީޕްލޭނުން ދަތުރުކުރުމަކީ، އެހެން ދަތުރުފަތުރުގެ ނިޒާމުތަކާ މުޅިން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ކަމެއް. ޝައުގު އުފައްދައި، ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އިޔާސް ވިދާޅުވިއެވެ.

ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫއަކީ ލޯކަލް ޓޫރިޒަމު ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށްރަށަށް ވީއިރު، މިތަންތާ ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy