ސެޕްޓެމްބަރ 20, 2024 11:44

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ /ފޮޓޯ: މަޖިލިސް

ކޯރަމް ހަމަނުވުމާއި ގުޅިގެން ވަޒީރުންނަށް ރުހުން ދިނުމަށް ތާވަލު ކުރި ކޮމިޓީ ކެންސަލް!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 23, 2023

މި ސަރުކާރުން 22 މިނިސްޓްރީއަކަށް އައްޔަންކުރި 22 މިނިސްޓަރުންނަށް ރުހުންދިނުމުގެ މައްސަލަ މިއަދު ބާއްވަން ތާވަލުކުރި ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު 09:00 ގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމިއެވެ. އެހެން ނަމަވެސް، އެ ބައްދަލުވުން ކެންސަލް ވެފައިވާކަން މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް އެންގިއެވެ.

މިދިޔަ ހޯމަ ދުވަހު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިސް ތަޅުމުގައި ވޯޓާ ހަމައަށް ދިޔައެވެ. ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ވަޒީރުންނަށް ރުހުންދިނުމާ މެދު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ފުރިހަމަނުވާކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވި، އެހެންވެ އެ ދުވަހު ވަޒީރުންނަށް ރުހުންދިނުމާ މެދު ވޯޓަށް އެހިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށްފަހު އެ މައްސަލަ އެ ދުވަހު ކުރިއަށް ނުގެންގޮސް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނިންމާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީން ރިޕޯޓު ފާސްކޮށްފައި އޮތީ ގަވައިދާ އެއްގޮތަށް ނޫން ކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ތިއްބެވީ އެންމެ ހަތަރު މެންބަރުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy