ސެޕްޓެމްބަރ 20, 2024 12:31

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ: ހޯމްލޭންޑް މިނިސްޓަރ އިހުސާން

ފާތިމަތު އިސްރާ
ޑިސެމްބަރ 20, 2023

މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ޙުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.

އެންމެ ފަހުން ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައި ވަނީ، 953 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގައެވެ.

ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމިއެވެ. ނަމަވެސް މިހައިތަނަށް ތަންފީޒެއް ނުކުރެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy