ސެޕްޓެމްބަރ 20, 2024 08:01

ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު /ފޮޓޯ: މަޖިލިސް

މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާއި ގުޅިގެން ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން އެދިއްޖެ

އައިޝަތު އިބްރާހީމް
ޑިސެމްބަރ 19, 2023

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން ޑިފެންސް މިނިސްޓްރީގައި އެދެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝިފާއުއަށް ދިން މަރުގެ އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ.

ޝިފާއުއަށް މަރުގެ އިންޒާރު ދީފައި މިވަނީ، މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހެޅުއްވުމުން، އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy