ސެޕްޓެމްބަރ 20, 2024 10:32

ވަޅިން ބުޅަލަށް ހަމަލާދޭ މަންޒަރު /ފޮޓޯ: ސޯޝަލް މީޑިއާ

ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރުން އަންނަ ހަފްތާގައި!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 14, 2023

މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާއަށް ދައުވާކުރަން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން އިއްޔެ ބުނެފިއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ކޮޅުފުށި އުމުރުން 45 އަހަރުގެ އަހުމަދު ނަސީމެވެ.

ނަސީމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ދިނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދަށް މި މަހުގެ ތިން ވަނަ ދުވަހު ވަނީ އިތުރު ދިހަ ދުވަސް ޖަހައިފައެވެ.

ނަސީމުގެ ބަންދު އަމުރުގައިވާ ގޮތުގައި އޭނާ ވަނީ އެ ބުޅަލަށް ހަމަލާދިނުމަށްފަހު އިތުރު ބުޅަލަކަށްވެސް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ޝަރީއަތަށް ފެންނާތީ ކަމަށް ވެސް އަމުރުގައިވެއެވެ.

ނަސީމު ބުޅަލެއްގެ ގަޔަށް ވަޅި ހަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޝަރީއަތުގައި އޭނާ ބުނީ ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy