ސެޕްޓެމްބަރ 20, 2024 10:35

ފެނަކަ: ޑީއެމްޑީ އަކަށް ވިޔަފާރީގެ ދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވާފައިވާ އިބްރާހީމް ނާއިފް

ފާތިމަތު އިސްރާ
ޑިސެމްބަރ 13, 2023

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރް (ޑީއެމްޑީ) އަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އޭޖެންޓު ލ. ފޮނަދޫ ބަގީޗާގޭ އިބްރާހިމް ނާއިފު، އިއްޔެގެ ވަގުތެއްގައި އައްޔަނު ކޮށްފިއެވެ.

ފެނަކައިގެ ޑީއެމްޑީއަކަށް އައްޔަނު ކުރި ނާއިފަކީ ނިމިދިޔަ ރިޔާސީ އިންތިހާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދެއްވުމަށް ހިތްވަރާއެކު ރައީސް ޑރ މުއިއްޒާ ވަރަށް ގާތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އަދި ފެނަކަ ފަދަ ވިޔަފާރީގެ ދާއިރާގައި ގޮންޖެހުންތައް ގިނަ ކުންފުންޏެއްގެ ޒިންމާދާރު މަގާމަކާ ހަވާލުވެވަޑައިގެންނެވުމުގެ ގާބިލުކަން ހުރި ފަރާތެއްވެސް މެއެވެ. ސަބަބަކީ ވިޔަފާރީގެ ދާއިރާއިން ނާއިފް ހޯއްދަވާފައޮވާ ކާމިޔާބީއާއި ކުރިއެރުންތަކެވެ.

ލ. އަތޮޅު ކައުންސިލްގެ އިތުރުން އެސްޓީއޯ ފޮނަދޫ ބޭސް ފިހާރައިގަވެސް ނާއިފް ވަނީ މަސައްކަތްކުރައްވާފައެވެ.

ނާއިފްގެ އިތުރުން ވެސް ފެނަކައިގެ ޑީއެމްޑީގެ މަގާމަށް ހުސައިން ޒުހުރީ ވެސް ވަނީ އައްޔަނު ކުރައްވާފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދެވެ. ރައީސް ޑރ މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރުކަން ކުރެއްވި މުއާޒަށް މަގާމަށް އައްޔަނުކުރީ މިނިމުނު ނޮވެމްބަރ 28 ގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy