އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މަސައްކަތްތެރިކަމުގެ އެކި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށް ދިނުމަށްޓަކައި ހުނަރު ޕްރޮގްރާމްތައް ފައްޓާނެކަމަށާއި ތަފާތު ކުރުމެއް ނެތި އެ ފުރުސަތުތައް ހުރިހާ ކުދިންނަށްވެސް ހޯދަދޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ހުރަވީ ސްކޫލުގެ ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް "ހުނަރު ވެހި" ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
" ކިޔަވާ އެންމެ ދަށް ކުއްޖާއާއި އެންމެ މޮޅު ކުއްޖާއަށް ވެސް ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބޭނެ" -އެޑިއުކޭޝަން މިނިސްޓަރ
ޑރ. ޝަފީޤު ވިދާޅުވީ، ހުނަރު ދަސްކޮށް ދިނުމަށް ސްކޫލް ނިޒާމުގެ ތެރެއަށް ތަޢާރަފުކުރަން ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މަތީތަޢުލީމުގެ ވުޒާރާއާއެކު ކުރިއަށް ގެންދަވާ ކަމަށެވެ.
މީގެއިތުރުން ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުސަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށްވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަކަމާއެކު ދެއްވާނެ ކަމަށެވެ.