ސެޕްޓެމްބަރ 20, 2024 13:56

ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިޔާ ޝަހީބް

ފާތިމަތު އިސްރާ
ޑިސެމްބަރ 13, 2023

ޗީފް ގަވަރމަންޓް ސްޕޯކްސް ޕާސަންގެ މަގާމަށް މަޝްހޫރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޝަހީބް އައްޔަންކުރައްވައިފިއެވެ. އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

ނޫސްވެރިކަމުގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޝަހީބް ވަނީ ނުސްވެރިން އުފައްދާ ދާއިރާއަށްނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ ޝަހީބަށް ވަނީ އެ ދާއިރާއިން ޤައުމީ އިނާމް ލިބިވަޑައިގެންފައެވެ.

ޝަހީބު ސަރުކާރުގެ ހިދުމަތް ފުރަތަމަ ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމާ ހަމައިންނެވެ. އެ މަގާމުގައި ތިން އަހަރު ހޭދަ ކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވެވިއެވެ.

ނޫސްވެރިކަމުގެ ރޮނގުން މުޙަންމަދު ޝަހީބު މަސައްކަތް ކުރައްވަން ފެށްޓެވީ، 1989 ވަނަ އަހަރުއެވެ. މި މަސައްކަތް ފެށްޓެވިއިރު، ޝަހީބު ހުންނެވީ ކޮޅުނބުގައި ކަމަށްވުމުން، ފުރަތަމަ މަަސައްކަތް ކުރެއްވީ، ކޮޅުނބުގައި ހުންނަ "ހަވީރު"ގެ ޚާއްޞަ ކޮރެސްޕޮންޑެންޓެއްގެ ގޮތުގައެވެ. އޭގެފަހުން ރާއްޖެ ވަޑައިގެން "ހަވީރު"ގެ ރިޕޯޓަރެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. ފާއިތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި، "ހަވީރު" ނޫހުގެ ތަފާތު މަޤާމުތައް ޝަހީބު ވަނީ ފުރުއްވާފައެވެ. އެ މަޤާމުތަކުގެ ތެރޭގައި، ސަބް އެޑިޓަރުކަމާއި، އެސިސްޓެންޓް އެޑިޓަރުކަމާއި، ސީނިއަރ އެސިސްޓެންޓް އެޑިޓަރުކަން ހިމެނެއެވެ. މިހާރު ޝަހީބަކީ، "ހަވީރު"ގެ ސްޕޯޓްސް އެޑިޓަރެވެ. މީގެ އިތުރުން ޝަހީބަކީ، ހަވީރުގެ ފަރާތުން ނެރޭ "ހުވާސް" މަޖައްލާގެ އެޑިޓަރުވެސްމެއެވެ.

ނޫސްވެރިކަމުގައި ޝަހީބު ޚާއްޞަވެވަޑައިގެންފައިވާ ދާއިރާއަކީ، ދިވެހި ކުޅިވަރެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި ދިވެހި ކުޅުންތެރިންގެ ދުވެލި، ނޫހަށް ގެނެސްދެއްވުމަށްޓަކައި ޝަހީބު ވަނީ އެ ޓީމުތަކާއެކު ރާއްޖެއިން ބޭރަށް ވަޑައިގެން، ޚަބަރާއި ފޮޓޯ ފޮނުއްވާފައެވެ.

ނޫސްވެރިކަމުގެ މަސައްކަތް މެދުނުކެނޑި ކުރައްވާތާ އެންމެ ގިނަދުވަސްވީ ނޫސްވެރިންގެ ތެރޭގައި، މުޙަންމަދު ޝަހީބު ހިމެނިވަޑަައިގަންނަވައެވެ. ދިވެހި ނޫސްވެރިކަމުގެ ޚިދުމަތުގެ ރިހި ގަލަމާއި، "ހަވީރު"ގެ ރަންގަލަން، ޝަަހީބަށް ލިބިވަޑައިގެނެްފައިވެއެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy