ސެޕްޓެމްބަރ 20, 2024 13:46

މޭޖާ ޖެނެރަލް ހާމިދު ޝަފީގު އަދި މެޖޭ ޖެނެރަލް ވައިސް ވަހީދު

އެމްއެމްޑީއެފް އިން މޭޖާ ޖެނެރަލް ރޭންކުގައި ތިއްބެވި ދެ ބޭފުޅަކު ރިޓަޔާ ކުރައްވައިފި

އައިޝަތު އިބްރާހީމް
ޑިސެމްބަރ 13, 2023

ދިވެހި ސިފައިންގެ ހިދުމަތަށް ދިގު މުއްދަތަށް ހިދުމަތްކުރެއްވި، މޭޖާ ޖެނެރަލް ވައިސް ވަހީދުއާއި މޭޖާ ޖެނެރަލް ހާމިދު ޝަފީޤު ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހާމިދު ޝަފީގަކީ 33 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، ވައިސް ވަހީދަކީ 34 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ހާމިދު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ 1990, މާޗް 11 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެމްޑީއެފް ސާވިސް ކޯޕްސްގެ މަގާމުގައެވެ.

ވައިސް ވަހީދު ސިފައިގެ ހިދުމަތާއި ގުޅިވަޑައިގަތީ 19 ޖޫން 1989 ގައެވެ. ވައިސް ރިޓަޔާ ކުރެއްވި އިރު، އޭނާއަކީ މެރިން ކޯގެ ކޮމާންޑިން އޮފިސަރެވެ.

މޭޖާ ޖެނެރަލް ރޭންކަކީ ސިފައިންގޭގެ ރޭންކުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ މަތީ ރޭންކަށް ވީއިރު އެ ދެ ބޭފުޅުން މޭޖާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓު ކުރައްވާފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy