ސެޕްޓެމްބަރ 20, 2024 04:06

ހުކުރުކޮށް ހުތުބާ ކިޔަން ބޭނުންވާ 10،11،12 އިގެ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 11, 2023

ހުކުރުކޮށް ޚުތުބާ ކިޔަން ބޭނުންވާ ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުތުބާ ކިއުމުގެ ހުއްދައަށް ކުރިމަތުލުމަށް އެ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓަރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދައަށް އެދި 10،11،12 ނިންމާފައިވާ ދަރިވަރުން ހުށަހަޅާނީ އިލެކްޓްރޯނިކް ފޯމް މެދުވެރިކޮށް ކަމަށެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އެ ފޯމާއެކު ދަރިވަރުގެ އައިޑީކާޑު ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޤުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ސްކޫލްގައި އުޅޭނަމަ އެކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

އަށާރައަހަރު ނުވާނަމަ ބެލެނެވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ. މި ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy