ސެޕްޓެމްބަރ 20, 2024 12:06

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އެމްޑީކަމަށް އައްޔަން ކޮށްފައިވާ ހުސެއިން ލުވައިޒް

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ހުސެއިން ލުވައިޒް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 10, 2023

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ހުސެން ލުވައިޒް އައްޔަނުކޮށްފިއެވެ.

އެލައިޑުންވަނީ އޭނާ މަގާމަށް އައްޔަންކުރިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ލުވައިޒްއަކީ މީގެ 21 އަހަރު ކުރިން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. 2002 ވަނަ އަަހަރު ކުންފުންޏާ ގުޅިވަޑައިގެންނެވި ލުވައިޒް އަކީ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުޓް، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑް އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފައިނޭންސްގެ ސީނިއާ އެސޯސިއޭޓް ގެ އިތުރުން މެލޭޝިއާ އިންޝުއަރެންސް އިންސްޓިޓިއުޓްގެ އެސޯސިއޭޓެއްވެސް މެއެވެ.

ލުވައިޒް މަގާމާ ހަވާލުވުމާ ހަމައަށް މީގެ ކުރިން އެ މަގާމުގައި ހުންނެވީ މުޙައްމަދު ޝަފާޒެވެ. އެފަހަރު ޝަފާޒް މަގާމަށް އައްޔަން ކުރީ އެ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކުރައްވަމުން ގެންދެވި އަހުމަދު އަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަފާޒަކީ އެ ކުންފުންޏަށް 29 އަހަރު ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy