ސެޕްޓެމްބަރ 20, 2024 12:07

ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރު ކުރަނީ

މޫސުން: ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 8, 2023

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 01:30 އާ ދެމެދުގެ ވަގުތަށެވެ.

އެ ސަރަހައްދުގެ ރަށްރަށަށް ޔެލޯ އެލާޓް ނެރެފައިވާއިރު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 02:30 އަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތަށް ފިޔަވާ އިތުރު ދަތުރުތައް ނުކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy