ސެޕްޓެމްބަރ 20, 2024 10:40

ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރު ކުރަނީ

މިއަދުގެ މޫސުން ގޯސް - ހއ. އަތޮޅުން ގދ. އަތޮޅަށް ހުދު ސަމާލު!

އައިޝަތު އިބްރާހީމް
ޑިސެމްބަރ 7, 2023

މިއަދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އޮފީހުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 އާ ހަމައަށެވެ.

މެޓް އޮފީހުން މިއަދު ނެރެފައިވާ ހުދު ސަމާލު

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ އިރު ދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެެވެ. އަަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށޤ 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

އެހެންކަމުން ދަތުރު ފަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy