ސެޕްޓެމްބަރ 20, 2024 14:46

ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ /ފޮޓޯ: އަދަދު

ޕީޕީއެމް/ޕީއެންސީއަށް ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ: ރައީސް ޑރ. މުއިއްޒު

އައިޝަތު އިބްރާހީމް
ޑިސެމްބަރ 7, 2023

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ ކަމަށް އެ ޕާޓީގެ އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީއެންސީގެ އޮފީސް ރަސްމީީކޮށް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައެވެ. ޕީއެންސީގެ އާ އޮފީސް ހުޅުވީ ސީޓްރެކް ބިލްޑިންގް ގެ ހަތް ވަނަ ފަންގިފިލާގައެވެ.

ރައީސް ވިދާޅުވީ މި މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ނަމަވެސް އެއީ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ ކަމަށެވެ. އަދި ދެ ޕާޓީގެ ނިޔަތަކީ ދީނާއި ގައުމަށްޓަކައި، ގައުމު ކުރިއެރުވުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ފެށުމެއް ކަމަށާއި ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ޕާޓީން ކުރެވޭ ކަންކަން ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުވިގެން ދިޔަ އޮފީހާ އެކު ކުރިއަށް ހުރި އިންތިހާބުތަކަށް ތައްޔާރުވުމަށް ޕީޕީއެމްއާ އެކު ގުޅިގެން ކުރާ މަސައްކަތައް ފަސޭހަވެގެން ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިހާބުގައި އޭރު ވެރިކަން ކުރަމުން އައި މައި ޕާޓީ އެމްޑީޕީން 67 މެންބަރުންނާއެކު މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދިއެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އުފެދުނު ދެބަސްވުންތަކާ ހެދި އެ މަނިކުފާނާއި އިތުރު 13 މެންބަރުން ޕާޓީން ވަކިވިއެވެ. އެއާއެކު ސުޕަމެޖޯރިޓީ ގެއްލުނެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy