އެސްޓީއޯގެ ޗެއާމަނަކަށް މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު، އަދި ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް، މއ. ދަނޑިކޮށީއިރުމަތީގެ، މުހައްމަދު މުރާދު ހަމަޖައްސައިފި އެވެ.
މިހާތަނަށް ޗެއާމަން ކަމުގައި ހުންނެވީ މއ. ޗަނބޭލީގެ، ހާމިދު ނަޝީދެވެ.
އާމިރު މަންސޫރަކީ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރެވެ. މުރާދަކީ މީގެ ކުރިން އެސްޓީއޯގެ އެކި ޑިޕާޓްމަންޓުތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.