ސެޕްޓެމްބަރ 20, 2024 03:49

އިންޑޮނޭޝިއާގައި ގޮވާފައިވާ މައުންޓް މަރަޕީ ފަރުބަދަ /ފޮޓޯ: ސީއެންއެން

އިންޑޮނޭޝިއާގެ މައުންޓް މަރަޕީ ފަރުބަދަ ގޮވާ މަރުވި މީހުންގެ އަދަދު 22 އިން މައްޗަށް

އައިޝަތު އިބްރާހީމް
ޑިސެމްބަރ 6, 2023

މިދިޔަ އާދިއްތަ ދުވަހު އިންޑޮނޭޝިއާގެ މައުންޓް މަރަޕީ ފަރުބަދަ ގޮވައި މަރުވި މީހުންގެ އަދަދު 22 އިން މައްޗަށް އަރައިފިއެވެ.

އިންޑޮނޭޝިއާގެ ރެސްކިއު ޓީމާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގެއްލުނު މީހުންގެ އަދަދުވެސް 10 ކުން މައްޗަށް އަރައެވެ. މައުންޓް މަރަޕީ ގޮވި ވަގުތު 75 މީހަކު އެފަރުބަދައަށް އަރަމުން ދިޔަ ކަމަށާއި އޭގެތެރެއިން 12 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ދިގުމިނުގައި 2891 މީޓަރު ހުރި މި އަލިފާން ފަރުބަދަ ގޮވި މަންޒަރު ފެންނަ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ފަރުބަދަ ގޮވުމުގެ ސަބަބުން އަލިފާންގަނޑުން އުފެދުނު އަޅިތައް ވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ.

ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ކައިރީގައި އޮންނަ އިންޑޮނޭޝިއާ ސަރަހައްދުގައި މިހާރު ވެސް 127 އަލިފާން ފަރުބަދަ އެބަހުއްޓެވެ. އިންޑޮނޭޝިއާގެ ދެވަނަ އެލާޓް ލެވެލްގައި މިހާރު އޮތް މަރަޕީ ފަރުބަދައަކީ ސުމަޓްރާގައި އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ އެއް ފަރުބަދައެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy