ސެޕްޓެމްބަރ 20, 2024 08:49

ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ފާތިމަތު އިސްރާ
ޑިސެމްބަރ 6, 2023

ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑައިލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް, އިންފޮމޭޝަން އެންޑް އާޓްސްއިން ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނީ މިހާރު ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ކަންތައް އެ މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް ބަދަލުވުމުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯމުތައް އިސްލާހުކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެހެންވެ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަތުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައި ކަމަށެވެ.

ފޯމުތައް އިސްލާހުކުރުމުގެ މަސައްކަތް ނިމުމުން އަލުން ފޯމް ބަލައިގަތުމަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުން އައީ ކުރީގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ. ނަމަވެސް މި މަސައްކަތް މިހާރު ވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް, އިންފޮމޭޝަން އެންޑް އާޓްސްގެ މެންޑޭޓްގެ ދަށަށް ބަދަލުކޮށްފައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy