އައްޑޫގައި ހިނގި މާރާމާރީތަކާ ގުޅިގެން އަނެއްކާވެސް އިތުރު ބަޔަކު ހައްޔަރު ކޮށްފިއެވެ.
އައްޑޫގައި އެންމެ ފުރަތަމަ މާރާމާރީ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އެ މާރާމާރީ އަށް ފަހު އިތުރު މާރާމާރީތަކެއް ވެސް ހިނގިއެވެ.
ފުލުހުން ރޭ ބުނީ އައްޑޫ މާރާމާރީތަޖާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީގެކުރިން ވެސް އައްޑޫ މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މިހާދިސާގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނުންގެ ހާލު ވަރަށް ސީރިއަސް ކަމަށްވާއިރު އޭގެ ތެރެއިން އެއް ޒުވާނަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.އައްޑ
ޓެގް: ހަބަރުއައްޑޫ ސިޓީ