ސެޕްޓެމްބަރ 20, 2024 12:42

ޕީޕީއެމް/ޕީއެންސީގެ ޓިކެޓް މޭޔަރ ކަމުގެ ޓިކެޓް އާޒިމާއަށް

ފާތިމަތު އިސްރާ
ޑިސެމްބަރ 5, 2023

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ ޓިކެޓު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް އެރުވުމަށް އެ ދެ ޕާޓީން ނިންމައިފިއެވެ.

ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އެ ކޯލިޝަނުން މޭޔަރުކަމަށް ކުރިމަތިލައިފައި ވަނީ ހަމައެކަނި އާޒިމާ ކަމަށެވެ. އެހެންވެ އާޒިމާއަށް ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށްފަހު އާޒިމާ ވިދާޅުވީ, ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ މާލެއަށް ދިމާވެފައިވާ މައްސަލަތަަކަށް ސަރުކާރާއި ގުޅިގެން ހައްލު ގެނެސްދެއްވުމަށް ކަމަށެވެ.

ހަމައެހެންމެ މޭޔަރުކަމަށް ވާދަކުރަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް ކުރިއަށް ގެންދެވުން ކަމަށްވެސް އަޒިމާ ވަނީ ވިދާޅުވެފައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން ކެނޑިޑޭޓުން މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ. އެފަރާތްތަކަކީ:

  • އެމްޑީޕީ ޓިކެޓްގައި ވާދަ ކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު
  • ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy