ސެޕްޓެމްބަރ 20, 2024 15:01

އައްޑޫސިޓީ މާރާމާރީތަކާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ފާތިމަތު އިސްރާ
ޑިސެމްބަރ 4, 2023

އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީ އާއި އިއްޔެ ހިންގި މާރާމާރީގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ އައްޑޫގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިއްޔެގެ މާރާމާރީގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އިއްޔެ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ 20 އަހަރުގެ މީހެކެވެ. އޭނާއަށް ގްރޫޕަކުން ހަމަލާދިނީ ގޭގެ ސިޓިން ރޫމް ތެރޭގައި ހުއްޓައެވެ.

އައްޑޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ އިއްޔެ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ހަތަރު މީހުންނެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ހިތަދޫގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާއިރު، އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

އައްޑޫގައި މިފަހުން މާރާމާރީތައް އިތުރުވަމުންދާތީ ފުލުހުން ވަނީ އައްޑޫގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން އައްޑުއަށް ފުލުހުންގެ ޓީމެއް ފޮނުވައިފައެވެ

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy