ސެޕްޓެމްބަރ 20, 2024 11:38

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް /ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

އައިޝަތު އިބްރާހީމް
ޑިސެމްބަރ 4, 2023

ސަރުކާރު ތަމްސީލު ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މޫސާ ސިރާޖަކީ ޕީއެންސީގެ ލީޑަރު ކަމަށް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އެކަން އިއުލާން ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ސިރާޖު މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ސިރާޖު ވަނީ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

މަޖިލީހުގައި މި ވަގުތު ތިއްބެވީ ސަރުކާރު ތަމުސީލު ކުރާ ޕީއެންސީގެ ދެ މެންބަރުންނެވެ. އެއީ، ސިރާޖުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވީ އިބްރާހިމް ނަސީމް ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށް ފަހުގައެވެ.

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy